އިދިކޮޅުން ބޭއްވި ޙަރަކާތް އެޗްޕީއޭގެ މިންގަނޑަށް ނުފެތޭ: ފުލުހުން

އިދިކޮޅުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ބޭއްވި ސިޔާސީ ޙަރަކާތް އެޗްޕީއޭގެ މިންގަނޑަށް ނުފެތޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެގޮތުން ފުލުހުން ވިދާޅުވީ، މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ވަރަށް ގިނަ އަދަދެއްގެ މީހުންނާއެކު އިދިކޮޅު ކޯލިޝަންގެ ޒުވާނުން މިއަދު ބޭއްވި ސައިކަލް ބުރުގަައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެން ތިބިނަމަވެސް އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައިނުވާކަން ފާހަގަކޮށްލެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްރަށުގައި ރާއްޖެ ވިއްކާލުމާއި ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދިޔަ މިހަރަކާތުގައި މިސަރުކާރުން ކުރަމުންދާ ވައްކަމާއި ދެކޮޅަށްވެސް އަޑުއުފުލާފައިވާއިރު، ސަރުކާރު ފެއިލްވެއްޖެކަމަށް ގޮވާލާ، މިސަރުކާރު އިސްތިއުފާ ދިނުމަށްވެސް އިދިކޮޅުންވެސްވަނީ ގޮވާލާފައެވެ.

މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބާއްވާނަމަ އެ އެއްވުން ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ހޯމް މިނިސްޓްރީން ޖުލައި މަހުގެ ތެރޭގައި އަންގާފައިވާއިރު، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ނޫނީ ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅައި އެކަން ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ހޯމް މިނިސްޓްރީންވަނީ އަންގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ