މުޒާހަރާ އާއި ގުޅިގެން ޝުޖާއު ފުލުހަށް ހާޒިރު ކުރަނީ

އިދިކޮޅު ކޯލީޝަނުން އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރާއި ގުޅިގެން ޕީއެންސީގެ ނައިބުރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓް ފޮނުވައިފިއެވެ.

އެޗްޕީއޭގެ އެންގުމާ ހިލާފަށް އިއްޔެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި އެއްވުން ބޭއްވި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެ މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އިއްޔެ ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށާއި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށެވެ.

ސިޔާސީ އިދިކޮޅު ދެ ޕާޓީ ކަމުގައިވާ ޕީޕީއެމް އަދި ޕީއެންސީން މިއަދު މާލޭގެ މަގުތަކުގައި ސައިކަލު ބުރެއް ބާއްވާފައިވަނީ ” ގައުމު ވިއްކާލުމާއި ދެކޮޅަށް” މި ނަމުގައެވެ. މި ސައިކަލު ބުރުގައި ގައުމު ވިއްކާ ނުލުމަށާއި ރައީސް ސޯލިހް އިސްތިއުފާ ދިނުމަށް ގޮވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ