މާލޭ ސިޓީ، ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެމްއެންޑީއެފް، ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާ އާއި ބެހޭ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު 13:08 އެހާއިރު ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
Janavaree magu gai huri fihaara ehgai alifaanuge haadhisaa eh higaigen ulheythee MNDF Fire and Rescue Service in harakaaiytherivaan fashaifi. Mi haadhisaa ge report libuny miadhu 13:08 gai.
— Maldives National Defence Force (@MNDF_Official) August 30, 2020
ޖަނަވަރީ މަގުގައި އެ ފިހާރަ ހިމެނޭ ސަރަޙައްދު ވަނީ ދުމުން ބޯވެފައެވެ.
މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާއިރު އަލިފާން ރޯވެފައިވަނީ 4 ބުރި އިމާރާތެއްގެ ގްރައުންޑް ފްލޯރ ގައެވެ. މި ފިހާރަ އަކީ އަންނައުނު ވިއްކާ ފިހާރައަކަށް ވާއިރު ފިހާރައިގައި ހުރި މުދާތައްވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އަލިފާން ރޯވެފައިވަނީ ޖަނަވަރީ މަގާއި މަޖީދީ މަގު ކަންމައްޗަށް ހުންނަ "ވެސްޓައަރ" ނަމަކަށް ކިޔާ ފިހާރައެއްގަ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އޭސީގެ އިންޑޯރ ޔުނިޓްގައި އަލިފާން ރޯވެގެން ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.




