ފުލުހުންގެ އިދާރާއަށް ޙާޒިރުވާންޖެހޭފަދަ ކަމެއް ކޮށްފައިނުވާނެ - ރައީސް ވަހީދު

ފުލުހުންގެ އިދާރާއަށް ޙާޒިރުކުރަންޖެހޭފަދަ ކަމެއް ކުރައްވާފައިނުވާކަމަށް ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން މާލޭގައި ބޭއްވި އެއްވުމުގައި ބައިވެރިވުމާ ގުޅިގެން ފުލުހުންގެ އިދަރާއަށް މިއަދު އެމަނިކުފާނު ޙާޒިރުކުމުން އެކަން ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ، އެއްވުމުގައި އެމަނިކުފާނު ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށާއި އެހެން ނަމަވެސް މާސްކު ތިރިކޮށްލީ ވާހަކަ ދައްކަން އުނދަގޫވާތީ ވާހަކަ ދައްކަން އެކަނި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ފުލުހަށް ހާޒިރު ކުރިއިރު، އެމަނިކުފާނަކީ ރާއްޖެއިން އެންމެ ފުރަތަމަ މާސްކު އެޅި އެކަކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މިއީ އެންމެ ފުރަތަމަ ދިވެހި ރާއްޖޭގައި މާސްކު އެޅި އެކަކު. އަޅުގަނޑުގެ ފޭސްބުކު ޕްރޮފައިލް ބައްލަވައިލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ އަޅުގަނޑު މާސްކު އަޅަން ފެށިން އޭޕްރިލް މަހުގެ 3 ވަނަ ދުވަހު" ޑރ. ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވަނީ މިސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

"އަޅުގަނޑަކީވެސް ރައީސްކަން ކޮށްފައިވާ މީހެއް. ދުވަހަކުވެސް ސިޔާސީ ބޭނުނަކަށްޓަކައި ފުލުހުން ބޭނުންކޮށްފައިނުވާނެ. އެ މުއައްސަސާ އަގުވައްޓާލުމަށް މަސައްކަތްކޮށްފައިނުވާނެ." ރައީސް ވަޙީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ