އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ރައީސް ވަހީދު

ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަންކޮށްފިއެވެ.

ރައީސް ވަހީދަށް މިމަޤާމް އަރުވާފައިވަނީ މިރޭ އިދިކޮޅު ޕީޕީއެމްއިން ބޭއްވި ކައުންސިލްގެ ޚާއްސަ ބައްދަލުވުމެއްގައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ނައިބު ރައީސްކަންކުރެއްވި ޑރ. ވަޙީދުވަނީ ރައީސް ނަޝީދު އިސްތިއުފާދެއްވުމުން ވެރިކަމުގެ ބާކީ ދެއަހަރު ފުރިހަމަ ކޮށްފައެވެ.

އަދި ޖެހިގެން އައި އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނު ވާދަކުރެއްވިނަމަވެސް، އެއިންތިޚާބުން ލިބުނު ނާކާމިޔާބީއަށްފަހު ޑރ. ވަޙީދު ވަނީ ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންފައެވެ.

އިދިކޮޅު އެޑްވައިޒަރުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރައީސް ވަހީދު ވިދާޅުވީ "އަތުކުރި އޮޅާލައިގެން މިނިކުތީ އަމިއްލަ ބޭނުމެއް އޮވެގެން ނޫން" ކަމަށެވެ. ބޭނުންފުޅުވަނީ އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް ގައުމަށް ޚިދުމަތް ކުރައްވަން ކަމަށް ރައީސް ވަހީދު ވިދާޅުވީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ