އިޒްރޭލުގެ އެންމެ ފުރަތަމަ ކޮމާޝިއަލް ފުލައިޓް ދަތުރު ޔޫއޭއީ އަށް ކޮށްފި

އިޒްރޭލުގެ އެންމެ ފުރަތަމަ ކޮމާޝިއަލް ފުލައިޓް ނުވަތަ ވިޔަފާރީގެ އުސޫލުން ކުރާ އެންމެ ފުރަތަމަ ވައިގެ ދަތުރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކޮށްފިއެވެ.

އިޒްރޭލުން ފުރި މި މަތިންދާ ބޯޓު ތިން ގަޑިއިރުގެ ދަތުރަކަށްފަހު ޔޫއޭއީއަށް ޖައްސައިފައިވަނީ މީގެކުރިން އިޒްރޭލުގެ މަތިންދާބޯޓުތައް އުދުހުން މަނާކޮށްފައިވާ ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދުތައް ހުރަސްކުރުމަށް ފަހުއެވެ.

މިއީ އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ޔަހޫދީ ދައުލަތާއި ޔޫއޭއީއާ ދެމެދު ގުޅުން ގާއިމްކުރާކަން މިމަހުގެ 13 ވަނަ ދުވަހު އިއުލާން ކުރިފަހުން ދެގައުމުގެ ޑިޕްލަމެޓުން އެއްގައުމު އަނެއްގައުމަށްކުރާ ފުރަތަމަ ދަތުރެވެ. މި ދަތުރުގައި އިޒްރޭލުގެ ވަފުދުގެ އިސްވެރިއަކަށް ހުރީ ގައުމީ ސަލާމަތީ އެޑްވައިޒަރު މެއިރް ބެން ޝަބަތެވެ.

އަރަބި، އިނގިރޭސި، އަދި ހިބުރޫ ބަހުން "ސަލާމް" ލިޔެފައިވާ މި ބޯޓުގައި އިޒްރޭލުގެ އިސްބޭފުޅުންގެ އިތުރުން އެމެރިކާގެ ބަޔެއް އޮފިޝަލުންވެސްވަނީ ޔޫއޭއީ އަށް ދަތުރުކޮށްފައެވެ. މި ދަތުރު ޔޫއޭއީ އަށް ކުރުމުގެ ކުރިން އިޒްރޭލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަމުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ވަރަށް ގިނަ އަރަބި ލީޑަރުންނާ އެކު އިޒްރޭލުން ސިއްރު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

ޔޫއޭއީ ހިމެނިގެންދަނީ މެދުއިރުމަތީ ގައުމުތަކުގެ ތެރެއިން ތިންވަނައަށް އިޒްްރޭލަކީ ގައުމެއްގެ ގޮތުގައި ބަލައިގެން ގައުމަށެވެ. ޔޫއޭއީގެ އިތުރުން ދެން މި ލިސްޓުގައި ހިމެނެނީ ޖޯޑަން އާއި މިސްރެވެ.

އިޒްރޭލާއި ޔޫއޭއީން ގުޅުން ބަދަހި ކުރުން ފަލަސްތީނުން ސިފަކޮށްފައި ވަނީ "ފަހަތުން ހަންޖަރު ޖެހުން" ފަދަ ކަމެއްގެ ގޮތުގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ