ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ރެއަލް ސޮސިއެޑާއިން އެކަން ކަށަވަރުކޮށްދީފައިވާއިރު، ސިލްވާގެ ކިބައިން ބަލީގެ އަލާމާތެއް ނުފެންނަކަމަށްވެސް ކްލަބުންވަނީ ބުނެފައެވެ. އަދި ސިލްވާ މިހާރު ހުރީ ސެލްފް އައިސޮލޭޝަންގައެވެ. ސިލްވާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޕްރީ-ސީޒަން ފެށުމަށް ފަރިތަކުރުންތައް ފެއްޓުމަށް ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ޓެސްޓުންނެވެ.
ސިޓީގައި ކާމިޔާބު 10 އަހަރު ހޭދަކުރުމަށްފަހު، އެކްލަބު ދޫކޮށް ސިލްވާ ސޮސިއެޑާއާއި ގުޅުނީ ނިމުނު އޮގަސްޓްމަހުގެ 17 ގައެވެ.
ℹ Real Sociedad informs that @21LVA has tested positive for COVID-19 in the test carried out at Policlínica Gipuzkoa. The player is asymptomatic and is self-isolating.#AurreraReala pic.twitter.com/5Rs8gamWsT
— Real Sociedad (@RealSociedadEN) August 31, 2020
ވެލެންސިއާގެ އެކަޑަމީއިން ފުޓްބޯޅައިގެ ދުނިޔެއަށް ނުކުތް ސިލްވާ ވެލެންސިއާގައި އުޅުނު ދުވަސްވަރު ލޯން އުޞޫލުން ސްޕެއިންގެ އީބާރއަށާއި ސެލްޓަވީގޯއަށްވެސް ކުޅެފައިވެއެވެ.
މިސީޒަން ނިމުމާއެކު ސިލްވާ ސިޓީ ދޫކޮށްލާނެކަން މާކުރިން އިޢުލާންކޮށްފައިވާއިރު، ސިލްވާގެ ސޮއި ހޯދުމަށް އިޓަލީގެ ލާޒިއޯއިންވަނީ ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ސިލްވާ ލާޒިއޯއަށް ނޫނެކޭ ބުނެފައިވަނީ ތިން އަހަރުގެ އެއްބަސްވުމެއްގެ އިތުރުން ބޯނަހެއްގެ ގޮތުގައި ޕްރައިވެޓް ޖެޓެއް ހަދިޔާ ކުރަން ހުށަހަޅާފައިވަނިކޮށްކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
ރިޕޯރޓްތައް ބުނާގޮތުން ލާޒިއޯގެ ބަދަލުގައި ސޮސިއެޑާއަށް ސިލްވާ ބަދަލުވާން ނިންމީ ކެރިއަރުގެ ފަހު ކޮޅުގައި އުފަން ގައުމުގައި އާއިލާއާ އެކުގައި ހޭދަކުރުމުގެ ބޭނުމުގައެވެ.



