11 މެޗަށްފަހު ފޯލާން ކޯޗުކަމުން ވަކި ކޮށްފި

އުރުގުއޭގެ ޕެނަރޯލް ހެޑް ކޯޗެެއްގެ ގޮތުގައި ހުރި ޑިއޭގޯ ފޯލަން ކޯޗު ކަމުން ވަކިކޮށްފިއެވެ.

އުރުގުއޭގެ ޤައުމީ ޓީމަށް ކުރިން ކުޅުނު ފޯލާން ޕެނަރޯލްގެ ކޯޗުކަމުން ވަކިކޮށްފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ޕެނަރޯލް ކުޅެފައިވަނީ އެންމެ 11 މެޗެވެ. އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ 4 މެޗުންނެވެ. ޕެނެރޯލްގެ ކޯޗުގެ މަޤާމަށް ފޯލާން ހަމަޖައްސާފައިވަނީ މިދިޔަ ޑިސެމްބަރުގައެވެ.

ޕެނަރޯލުން ލިބުނު ފުރުޞަތަށާއި ކްލަބުގެ ފަރާތުން ލިބުނު ފޯލާން ޝުކުރު އަދާކޮށްފައިވާއިރު، ފޯލާން ބުނީ މިއީ ފުޓްބޯޅަކަމަށާއި ޕެނަރޯލްގެ އެ ނިންމުމާމެދު އެއްވެސް ޝަކުވާއެއްނެތްކަމަށެވެ.

އުމުރުން 41 އަހަރުގެ ފޯލާން ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، އޭނާވަނީ މެންޗެސްޓާރ ޔުނައިޓެޑާއެކު އެއް ޕްރިމިއާ ލީގާއި އެއް އެފްއޭކަޕްވެސް ކާމިޔާބުކޮށްފައެވެ. އަދި އުރުގުއޭއާއެކު އެއް ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައިވާއިރު، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގައި އުޅުނު ދުވަސްވަރު އެއް ޔޫރޮޕާ ލީގު ކާމިޔާބުކޮށް، ދެ ސީޒަނެއްގައި ލަލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ފޯލާންވަނީ ހޯދާފައެވެ.

ކެރިއަރުގެ ފަހު ދުވަސްކޮޅުގައި ފޯލާން އުފަން މޮންޓެވިޑެއޯގެ ޕެނެރޯލްއާއި ގުޅުނުއިރު، 2015-16 ވަނަ ސީޒަންގެ އުރުގުއޭއަން ލީގު އެކްލަބަށް ކާމިޔާބުކޮށްދިނުމުގައި ފޯލާންވަނީ އިސް ދައުރެއް އަދާކޮށްފައެވެ. ފޯލާން ކުޅުން ހުއްޓާލާފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ