ގދ. ތިނަދޫ

ތިނަދޫ މޮނިޓަރިން އުވާލައިފި

ގދ. ތިނަދޫގައި އިއުލާންކޮށްފައިވާ މޮނީޓަރިންގެ ހާލަތު އުވާލައި އެރަށް އާންމު ހާލަތަށް ގެނަސްފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

ތިނަދޫ ކައުންސިލުން މިއަދު ބުނެފައިވަނީ ކޯވިޑް-19 ބައްޔަށް ތިނަދޫ އިން ޕޮޒިޓިވް ކޭސްއެއް ފެނިފައިވާތީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން 29 އޮގަސްޓް 2020 ވަނަ ދުވަހުގެރޭ 00:00 އިން ފެށިގެން މިރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވީ ނަމަވެސް، މިއަދު ހެނދުނު 09:29 އިން ފެށިގެންވަނީ މޮނިޓަރިންގ އުވާލައްވާފައި ވާކަމަށެވެ.

މޮނިޓަރިންގ ޙާލަތު ދޫކޮށްލެވިފައިވީ ނަމަވެސް މި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށާއި، ގައިދުރުކަން ބެހެއްޓެވުމާއި ޢާއްމު ތަންތަނަށް ނުކުމެ އުޅުއްވާއިރު ރައްކާތެރިވުމުގެ ގޮތުން މާސްކު ބޭނުން ކުރެއްވުމަކީ އެދެވިގެންވާ ކަމެއް ކަމަށް ތިނަދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ބައްޔަށް ޕޮޒިޓިވްވި ފަރާތްތަކާއި ބައްދަލުވި / ކޮންޓެކްޓްވި ފަރާތްތައް ދެނެގަނެ، ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު ގިނަ ޢަދަދެއްގެ ގެތައް ކަރަންޓީނު ކުރެވިފައިވާކަން ކަމަށާއި ބަލިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރެއްވުމަށް ތިނަދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ތިނަދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެ ރަށާއި މާލެ ދަތުރުކުރާ ބޯޓެއްގެ ދިވެހި ފަޅުވެރިއެކެވެ. އަދި އެބޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ