މުއައްސަސާ ދޫކޮށް ދާއިރު އެބޭފުޅަކަށް ޓަކައި، މުއައްސަސާ ފަޚުރުވެރިވާ، ފާހަގަކުރެވޭ ކަންތައްތަކެއް ހުންނަންވާނެ- ހޯމް މިނިސްޓަރ

ކޮންމެ ބޭފުޅަކުވެސް މުއައްސަސާ ދޫކޮށް ދާއިރު އެބޭފުޅަކަށް ޓަކައި، މުއައްސަސާ ފަޚުރުވެރިވާ، ފާހަގަކުރެވޭ ކަންތައްތަކެއް ހުންނަންވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ ބޭފުޅަކުވެސް ރިޓަޔާ ކުރެވިގެންދާއިރު، އެބޭފުޅަކަށްޓަކައި، މުއައްސަސާ ފަޚުރުވެރިވާ، ފާހަގަކުރެވޭ ކަންތައްތަކެއް ހުންނަންވާނެ ކަމަށެވެ.

"ﷲ ސުބުހާނަހޫ ވަތައާލާ އެކިއަޅުންގެ ގައިގައި ލައްވާފައިވަނީ އެކިސިފަތައް.. އެކި ހުނަރުތައް.. އެކަމަކު، ކޮންމެ ބޭފުޅަކަށް ދެއްވި ހުނަރަކާއި ސިފަތައް އެންމެ ހެޔޮގޮތުގައި ބޭނުންކުރީމާ އޭގެ ނަތީޖާއިން ހަމަ ޔަގީނުންވެސް އަންނަންއޮތް ޖީލުތަކުން ހަނދާންއާކުރާނެ، ޒިކުރާ އާކުރާނެ ކޮންމެވެސް ކަމެއް އޮންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކެނީ ފުލުހަކީ އަޅުގަނޑުމެނަށް ނުލިބިފައިވާ ހައްޤު ހޯދައިދޭ މީހާ ކަމުގައި، އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ މީހާ ކަމަށް، ކޮންމެ ނުރައްކަލެއް ކުރިމަތިވާ ހިނދު އެކަމުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދޭނެ މީހާ ކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.

ފުލުހުންނާއި، ސިފައިންނާ ނުލައި މި ލޮބުވެތި ވަޠަންގެ ބަހާތައް ދެމެހެއްޓިގެން ނުދާނެ ކަމަށާއި މިކަހަލަ ކޮންމެ މުއައްސަސާއެއްގައި މަސައްކަތް ކުރާ މީހެއްގެ އަޞާސީ ސިފައަކީ އެމުއްސަސާއާއި، ވަޠަންދެކެ ލޯބިވުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ