ޗައިނާއާއި ގުޅުންހުރި 100 އަށްވުރެ ގިނަ އެޕް އިންޑިއާއިން މަނާކޮށްފި

ޗައިނާއާއި ގުޅުންހުރި 100 އަށްވުރެ ގިނަ އެޕްލިކޭޝަން އިންޑިއާގައި ބޭނުން ނުކުރެވޭނެ ގޮތަށް އިންޑިއާއަށް ބޭން ކޮށްފިއެވެ.

މިގޮތުން މުޅި ޖުމްލަ 118 އެޕްލިކޭޝަނެއް އިންޑިއާ ސަރުކާރުން ބޭން ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި 118 އެޕްލިކޭޝަންތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ވީޑިއޯ ގޭމް ޕަބްޖީ މޯބައިލްވެސް ހިމެނެއެވެ.

ޗައިނާ އަދި އިންޑިއާޔާއި ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ތެރެއިން މީގެކުރިންވެސް އިންޑިއާއިންވަނީ ޗައިނާގެ 59 އެޕްލިކޭޝަނެއް މަނާކޮށްފައެވެ. މި ލިސްޓުގައި ގިނަބަޔެއްގެ މަގުބޫލުކަން ހޯދައިފައިވާ ޓިކްޓޮކްވެސް ހިމެނެއެވެ.

އިންޑިއާގެ އައިޓީ މިނިސްޓްރީން ބުނެފައިވަނި އިންޑިއާއިން އެންމެފަހުން މަނާކުރި އެޕްލިކޭޝަންތަކަކީ އިންޑިއާގެ ވިސްނުންތަކާއި ދެކޮޅަށް މަސައްކަތްކުރާ އެޕްލިކޭޝަންތަކެއް ކަމަށެވެ.

އިންޑިއާ އަދި ޗައިނާގެ މަޝްރަހު ގޯސްވާން ފަށައިފައިވަނީ ދެގައުމުގެ ބޯޑަރުގެ މައްސަލައިގައެވެ. މިގޮތުން އިންޑިއާ އަދި ޗައިނާ ބޯޑަރު ހިއްސާކުރާ ލަޑާކް ރީޖަންގައި މިއަހަރުގެ ޖޫންމަހު ހިނގި ކުރިމަތިލުން ތަކެއްގައި އިންޑިއާ ސިފައިންގެ 20 މީހަކުވަނީ މަރުވެފައެވެ. އަދި މި ދެގައުމުން އަންނަނީ ބޯޑަރު ސަރަހައްދައް ދެގައުމުގެ ގިނަ އަދަދެއްގެ ސިފައިންވެސް ޖަމާކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ