ސެޓްފިކެޓް ދޭގޮތަށް ކުރިއަށް ގެންދާ ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާާލައިފި

ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލުން ހުޅުވާާލައިފިއެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް "ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް" ގެ ނަމުގައި އޮންލައިން ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް މީޑިއާ ކައުންސިލުން ޚާއްޞަ ސެޓްފިކެޓެއް ދެވޭނެކަމަށެވެ.

1 ހަފަތާގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމު ހިންގުމަށް ހަމަޖައްސާފައިވަނީ އޮންލައިންކޮށެވެ. މީޑިއާ ކައުންސިލުން ވިދާޅުވީ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ނޫސްވެރިކަމަށް އަލަށް ވަންނަ ފަރާތްތަކަށްކަމަށެވެ.

16 ސެޕްޓެމްބަރ 2020ގައި ފަށަން ހަމަޖެހިފައިވާ މީ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މި ޕްރޮގްރާމުގައި "ބައިވެރިވުމަށް އެދޭ ފޯމު" އޮންލައިންކޮށް ފުރިހަމަކުރުމަށްފަހު 2020 ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މީޑިއާ ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މީގެއިތުރު މި ޕްރޮގްރާމާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 7967919 އާ ގުޅުމަށްވެސް މީޑިއާ ކައުންސިލުންވަނީ އެދިފަލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ