5،800 ގެރިޔާއެކު ޖަޕާނުގެ އައްސޭރިފަށަށް ބޯޓެއް އަޑިއަށް ހިނގައްޖެ

މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން 42 މީހުންނާއި 5،800 ގެރިޔާއެކު ޖަޕާނުގެ އައްސޭރިފަށަށް އަޑިއަށް ދިޔަ ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ޖަޕާނުގެ ކޯސްޓްގާޑުން ބުނެފިއެވެ.

މި ހާދިސާގައި ބޯޓުގެ އެކަކު ވަނީ ސަލާމަތް ވެފައެވެ. މި މީހާ ސަލާމަތް ކޮށްފައިވަނީ ބުދަ ދުވަހު ޖަޕާނުގެ ނޭވީގެ މަތިންދާބޯޓަކަށް އޭނާ މޫދުގައި އޮތް ތަން ފެނިގެންނެވެ.

މި މީހާ މިހާރު ވަނީ ހޮސްޕިޓަލް އަށް ގެންގޮސްފައެވެ. އަދި މި މީހާގެ ހާލު ރަނގަޅެވެ. އޭނާ ބުނެފައިވާ ގޮތުގައި ބޯޓުގެ އިންޖީނު ހުއްޓުމުގެ ސަބަބުން ބޯޓު އެންބުރި ބާރުގަދަ ރާޅެއްގެ ސަބަބުން ބޯޓު އަޑިއަށް ދިޔައީއެވެ.

މި ހާދިސާގައި ސަލާމަތް ވެފައިވާ މީހާ ބުނެފައިވަނީ، އެމަޖެންސީގައި އަމަލުކުރަން ބުނެފައިވާ ގޮތައް އަވަހަށް ލައިފްޖެކެޓެއް އަޅައިގެން މޫދަށް ފުންމާލީ ކަމަށާއި އޭގެ ފަހުން އެއްވެސް ފަޅުވެރިއަކު ފެނިފައި ނުވާކަމަށެވެ.

ބުދަ ދުވަހު ހެނދުނު ޑިސްޓްރެސް ކޯލް އެއް ބޯޓުން ފޮނުވާފައި ވާއިރު މި ބޯޓު ދަތުރުކޮށްފައި ވަނީ 5،800 ގެރި ހިފައިގެންނެވެ. އަދި ތޫފާން މޭސަކް ގެ ސަބަބުން އެ ހިސާބުގައި ކަނޑު ވަރަށް ގަދައެވެ.

މި ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންދާއިތު ތޫފާން އެ ހިސާބުން ގޮސްފައިވުމުގެ ބަބަބުން މޫސުން ރަނގަޅު ކަމަށް ކޯސްޓް ގާޑުން ބުނެފައި ވެއެެވެ. މި ބޯޓުގެ ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ޕިލިޕީންގެ 38 މީހުންނާއި ނިއުޒިލެންޑްގެ 2 މީހުންނާއި އަދި އޮސްޓްރޭލިއާގެ 2 މީހުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ