ފޯނުގައި ރުފިޔާ ނެތަސް "މިސްޑް ކޯލް" ޖެހޭނެ ހިދުމަތެއް އުރީދޫ މޯލްޑިވްސް އިން ތަޢާރަފް ކޮށްފިއެވެ.
އުރީދީ އިން ބުނީ އުރީދޫ ޕްރިޕެއިޑް އަދި މިކްސް ޕެކޭޖް ކަސްޓަމަރުނަށް ކްރެޑިޓް ނެތަސް ކޮންމެ ނެޓްވޯކެއްގެ ނަންބަރަކަށްވެސް މިހާރު މިސްޑް ކޯލް ޖެހޭނެ ކަމަށެވެ.
މި ހިދުމަތް ބޭނުން ކުރުމަށް ވަކި ހާއްސަ ވަތްތަރެއްގެ ސިމްކާޑެއް ބޭނުން ކުރަން ނުޖެހޭނެ ކަމަށާއި މި ހިދުމަތް ބޭނުން ކުރުމަށް އެއްވެސް ފީއެއް ދައްކަވަން ނުޖެހޭނެ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.
މި ހިދުމަތް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ގިނަވެގެން ދެވޭނީ 10 މިސްޑް ކޯލް އެވެ. އުރީދޫ އިން ބުނީ މި ހިދުމަތާއިއެކު ކަސްޓަމަރުންނަށް ފޯނުގައި ރުފިޔާ ނެތިގެން މުޙިންމު ފަރާތަކަށް ދޭން ބޭނުންވާ ކޯލް އެއް ނުދީ ހުއްނަން ދެން ނުޖެހޭނެ ކަމަށެވެ. މި ހިދުމަތް މެދުވެރިކޮށް ގުޅަން ބޭނުންވާ ފަރާތައް މިސްޑް ކޯލް އެއް ދެވޭނެ އެވެ.
މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު http://ore.do/missedcall އިން ލިބޭނެއެވެ.



