ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 08:00 އިން 12:00 އަށް ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމުގައިވެސް މި އެލާޓްގައި ވަނީ ބުނެފައެވެ.
White Alert for strong winds and rough seas extended over the southern area. pic.twitter.com/tawnNW1V29
— Maldives Meteorology (@MetMaldives) September 6, 2020



