ލ. ކަލައިދޫ ގެއަކުން ވަގަށްނެގި 352500 ރުފިޔާ ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި ފައިސާތައް ހޯދާފައިވަނީ ކަލައިދޫގެ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް މި ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އިސްދޫ ޕޮލިސް ސްޓޭޝަނާއި، ލ. ގަން ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އެޕަރޭޝަނުގައި، އެ ފައިސާތައް ހޯދާފައިވަނީ ރަށުތެރޭގައި ވަޅުލާފައިހުއްޓައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށް 352500 ރުފިޔާ ހޯދާފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން 29 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު، ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ މިހާރު މައްސަލަދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށެވެ.




ހިޔާލު
ކަލައިދޫ ކިޔާބިލާ