ޖާބިރުގެ މާލީ ބަޔާން 14 ދުވަސްތެރޭ ހުށަހަޅާނެ: ޑީއާރުޕީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މާލީ ބަޔާން މަޖިލީހުގެ ގަވާއިދުގެ ތެރެއިން އިތުރަށް ދީފައިވާ 14 ދުވަސްތެރޭ ހުށަހަޅުއްވާނެކަމަށް އެބޭފުޅާ ލީޑާރޝިޕް އަދާކުރައްވާ ޑީއާރުޕީއިން ވިދާޅުވެއްޖެއެވެ.

ޑީއާރުޕީއިން މިހެން ވިދާޅުވެފައި މިވަނީ، ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭ މާލީ ބަޔާން ޖާބިރު މިއަހަރު ހުށަހަޅުއްވައިފައި ނުވާތީވެ މާލީ ބަޔާން ހުށަހެޅުއްވުމަށް މަޖީލީހުން ފޮނުވި ސިޓީއަށް ޖަވާބު ދެމުންނެވެ.

ސިޓީ މީސްމީޑިއާ ވެބްސައިޓު ޓުވިޓާގައި ހިއްސާ ކުރަމުން ޑީއާރުޕީ އިން ބުނެފައިވަނީ، ޖާބިރުގެ މާލީ ބަޔާން މަޖިލީހުގެ ގަވާއިދުގެ ތެރެއިން އިތުރަށް ދީފައިވާ14 ދުވަހުގެ މުހުލަތުގައި ހުށަހަޅާނެ ކަމަށެވެ. އަދި ބަޔާން ކަނޑައެޅިފައިވާ ދުވަހަށް ހުށަނޭޅިވަނީ ބޭނުންވާ ބަޔެއް މައުލޫމާތުތައް ހޯދުމުގައި ކޮވިޑް-19 އާއި ގުޅިގެން ދަތިތަކެއް ހުރުމުން ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭނެ ކަމަށް ގާނޫނު އަސާސީއާ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު މި ބަޔާން ހުށަހަޅުއްވައިފައި ނުވާ މެންބަރުންގެ ތެރޭގައި ހިމެނެނީ ޖާބިރުގެ އިތުރުން މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު އެވެ. މި ދެ މެންބަރުން ފިޔަވައި ބާކީތިބެ ހުރިހާ މެންބަރުންގެ މާލީ ބަޔާންވަނީ ހުށަހަޅުއްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ