ހުޅުމާލެ އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސް - ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ އިންޑޯރ ކޮމްޕްލެކްސްގެ ހޯލް ޕަރފޯމިންގ އާޓިސްޓުންނަށް ދޫކުރަނީ

ހުޅުމާލޭ އިންޑޯރ ކޮމްޕްލެކްސްގެ ހޯލް ޕަރފޯމިންގ އާޓިސްޓުންނަށް ދޫކުރާގޮތަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ނިމައިފިއެވެ.

އެމިނިސްޓްރީއިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޕަރފޯމިންގ އާޓްސްގެ ދާއިރާގައި ގިނައިން ހަރަކާތްތެރިވަމުން އަންނަނީ ޒުވާނުން ކަމަށްވުމާއެކު މި ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުޅުމާލޭ އިންޑޯރ ކޮމްޕްލެކްސްގެ ހޯލް މި މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން މި ފަރާތްތަކަށް ދޫކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ.

އަދި އެގޮތަށް ނިންމާފައިވަނީ ޕަރފޯމިންގ އާޓްސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމުގައި ދަތިތަކެއް ހުރި ކަމުގެ ޝަކުވާ ލިބެމުން އަންނާތީކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

އެގޮތުން މި އިންޑޯރ ހޯލްގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2020 ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީއަށް އީމެއިލް (މެއިލް: [email protected]) ނުވަތަ ސިޓީއަކުން އެކަން އެންގުމަށާއި، އަދި އިތުރަށް މަޢުލޫމާތު ބޭނުންފުޅުނަމަ އެމިނިސްޓްރީގެ ހޮޓްލައިން 7905784 އަށް ގުޅުމަށް އެމިނިސްޓްރީއިން މިއިޢުލާނުގައި އެދިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ