ގޭމް އޮފް ތްރޯންސްގެ ތަރި ޑަޔާނާ ރިގް މަރުވެއްޖެ

މަޝްހޫރު ސީރީޒް އެއްކަމަށްވާ ގޭމް އޮފް ތްރޯންސްއިން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ޑަޔާނާ ރިގް މަރުވެއްޖެއެވެ.

ޑަޔާނާ މަރުވެފައިވަނީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. މަރުވިއިރު އޭނާގެ އުމުރަކީ 82 އަހަރެވެ. އޭނާގެ ޢާއިލާއިން އެކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ޑަޔާނާއަށް ކެންސަރު ޖެހިފައިވަނީ މާރޗް މަސް ތެރޭގައެވެ. ނަމަވެސް ޢާއިލާއިންވަނީ އެކަން މީޑިއާތަކަށް ސިއްރުކޮށްފައެވެ.

ކެރިއަރުގައި ގިނަ އެވޯޑްތަކެއް ޙާސިލްކޮށްފައިވާ ޑަޔާނާވަނީ ގޭމް އޮފް ތްރޯންސްގެ އިތުރުން ޓީވީ ސީރީޒް 'ދި އެވެންޖާރސް' އާއި ޖޭމްސް ބޮންޑުގެ 'އޮން ހަ މެޖިސްޓީ ސީކްރެޓް ސަރވިސްއިން' ވެސް ފެނިގެން ގޮސްފައެވެ.

1938 ވަނަ އަހަރު ޑޮންކާސްޓާއަށް އުފަންވި ޑަޔާނާ ކެރިއަރު ފަށާފައިވަނީ ތިއޭޓަރުތަކުންނެވެ. އެގޮތުން ރޯޔަލް ޝެކްސްޕިޔަރ ޕްރޮޑަކްޝަންގެ ގިނަ ރޯލްތަކުން ފަސްދޮޅަހުގެ ކުރީކޮޅު ޑަޔާނާ ފެނިގެން ގޮސްފައިވެއެވެ. އަދި އޭގެ ފަހުން 'ދި އެވެންޖާސް' ސީރީސްގެ 51 އެޕިސޯޑަކުން ސީކްރެޓް އެޖެންޓް އެމާ ޕީލްގެ ގޮތުގައި ޑަޔާނާ ފެނިގެން ދިޔައެވެ. އެއީ 1961 ން 1969 އަކަށެވެ.

ޑަޔާނާއަށް އެންމެ ބޮޑު މަޤުބޫލުކަމެއް ލިބިގެންގޮސްފައިވަނީ 2011 އިން 2019 އެޗްބީއޯއިން ކުރިއަށް ގެންގޮސްފައިވާ މަޝްހޫރު ސީރީޒް 'ގޭމް އޮފް ތްރޯންސް' އިންނެވެ. ޖުމްލަ 8 ސީޒަނަކަށް ދިގު ދެމިގެންދިޔަ މިސީރީޒްގެ 7 ވަނަ ސީޒަންގައި ޑަޔާނާ މަރާލާފައިވަނީ ޖެމީ ލެނިސްޓާރއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ