ފުރަބަނދުގައި ފަލަ ވެދާނެ ކަމަށް ވަރަށް ގިނަ މީހުން ކެއުމާއި ދުރު އެބަވެއެވެ. މިއީ އެއްގޮތަކަށްވެސް ކުރުން ރަނގަޅު ކަމެއެއް ނޫނެވެ. ނުކައި އުޅުމަކީ ސިއްޙީ ގޮތުން އެކިކަހަލަ މައްސަލަތަށް ދިމާވާ ކަމެކެވެ.
ޑައިޓް ކުރާ މީހަކަށްވެސް ތިން އިރުގެ ކެއުން މިއީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނަމަވެސް ކެއުމުގައި ވަކި ލިމިޓް އެއް ގެންގުޅެއްން ވާނެއެވެ. ފަލަ ވިޔަސް ނުކައި ހުންނާކަށް ނުވާނެއެވެ. މަދުން ވިޔަސް ގަޑިން ގަޑިއަށް ކެއުމަކީ މުހިންމުކަމެކެވެ. ފަލަވެ އޭ ކިޔާފައި ކެއުން ހުއްޓާލާ މީހުން މިހާރު ހަމަ ގައިމުވެސް މަދެއް ނުވާނެއެވެ. އެކަމަކު އެއީ ސިއްޙީ ގޮތުން ބެލިނަމަވެސް ރަނގަޅު ގޮތެއް ނޫނެވެ.
ކާން ޖެހޭ މިންވަރަަށް ވުރެން ގިނައިން ކެއުމަކީ ވެސް ގެއްލުން ލިބޭ ކަމެކެވެ. ލިބޭހާ އެއްޗެއް ނުވަތަ ފެންނަހާ އެއްޗެއް އެއްވެސް މިންގަނޑެއް ނެތި ކާނަމަ އެއީ އެކަމުގެ ސަބަބުން ނުރައްކާ ވެދާނެ ކަމެކެވެ. ލިމިޓެއް ނެތި ކާނަމަ މިކަމުގެ ސަބަބުން މީހާ މާ ބޮޑަށް ފަލަވެ ބަލިވާތަން އާދެއެވެ.
ފުރަބަނދުގައި ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން، އެކިކަހަލަ މީރު އެއްޗެހި ތައްޔާރުކޮށް ކެއުމަކީ ގިނަ މީހުން ކޮށް އުޅޭ ކަމެކެވެ. ހަޤީޤަތުގައި މިއީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ ލިމިޓުން ބޭރުވާ ހިސާބުންނެވެ. ކެއުމަށް ބަލައިގެން އުޅުމަކީ ކެއުން ހުއްޓާލުމެއް ނޫނެވެ. ކެއުމަށް ބަލައިގެން އުޅުމަކީ ކާ މިންވަރު ލިމިޓް ކޮއްގެން ކެއުމެވެ.
ފުރަބަނދުގައި އުޅުނަސް ނުކައެއް ނޫޅެވޭނެއެވެ. ފަލަ ވިޔަސް ޑައިޓް ކުރިޔަސް ލިމިޓް ކޮށްގެން ކެއުން މީ މުހިންމު ކަމެކެވެ.