ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ރައްޔިތުން އެދެނީ ފްލެޓަކަށް ނޫން، 2000 ފޫޓްގެ ބިމަކަށް: ޖާބިރު

ދިވެހި ރައްޔިތުން އެދެނޭ ފްލެޓަކަށް ނޫން ކަމަށާއި، ދިވެހިން ބޭނުންވަނީ އެންމެ ކުޑަވެގެން 2000 ފޫޓްގެ މިބަކަށް ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރޕީގެ ލީޑަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މެމްބަރު ޖާބިރު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ރޭކުރެއްވި ޓްވީޓެއްގައެވެ.

މެމްބަރު ޖާބިރު ވިދާޅުވީ، ރައްޔިތުން އެދެނީ ފްލެޓަކަށް ނޫން ކަމަށާއި، އެންމެ ކުޑަމިނުން 2000 ފޫޓްގެ ބިމަކަށް ކަމަށެވެ.

"ދިވެހިނަށް ބިން ދިނީމައި އެމީހުން ބޯހިޔާވަހިކަން ހޯދާނެ، އަބަދު އަވާމެންދުރު ނުދައްކާ!" ޖާބިރު ވިދާޅުވިއެވެ.

ވީޑިއޯ އަކާއެކު ކުރެއްވި ޓްވިޓްގައި ޖާބިރު އިތުރަށް ވިދާޅުވީ، އެމަނިކުފާނު މިރޭ މިނިދަނީ ތިލަފުށީގައި ހުރި އެމަނިކުފަނުގެ ބިމުގައި މިރެއިން މިރެޔަށް އެމަނިކުފާނު އެޅުއްވި ގެއެއްގައި ކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ މިސާލު ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ