ޙުސައިން ޢުމަރު - ފޮޓޯ: ޕޮލިސް

ލަންދޫ މީހަކު ހޯދަން ފުލުހުން ފޮޓޯ އާންމު ކޮށްފި

ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ނ. އަތޮޅު ލަންދޫ މީހަކު ހޯދަން ފުލުހުން ފޮޓޯ އާންމު ކޮށްފިއެވެ.

މި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނީީ ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި އަމުރާ ގުޅިގެން ހޯދަމުންދަނީ ނ. ލަންދޫ، ލަކީ، އުމުރުން 42 އަހަރުގެ ޙުސައިން ޢުމަރު ކަމަށެވެ.

"ޙުސައިން ޢުމަރު ހޯދަމުންދަނީ ކޯޓަށް ހުށަހަޅާފައިވާ ހުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ހާޒިރުކުރެވިފައިނުވާތީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2020 ސެޕްޓެމްބަރ 16 ވަނަ ދުވަހުގެ 10:00 އަށް ތ. ތިމަރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން" ފުލުހުން ވިދާޅުވިއެވެ.

ޙުސައިން ޢުމަރާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ