މިއަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާ، މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ ވާހަކަތަކަކީ މިހާރު ޙަބަރުތަކުގެ ފަލަ ސުރުޙީން އެންމެ ގިނައިން ޔާގަ ހޯދާ ޙަބަރުތަކެވެ. އެގޮތުން ކާންޔޭ ކުރިކަމަކުން އަނެއްކާވެސް އެންމެން މިވަނީ ސިއްސުވާލަފައެވެ.
އެގޮތުން ކާންޔޭ މިވަނީ އޭނާއަށް ލިބިފައިވާ ގްރޭމީސް އެވޯޑަކަށް ކުޑަކަމުދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުކޮށްފައެވެ.
ކާންޔޭ ދާދިފަހަކުން ވަނީ ދުނިޔޭގެ އެންމެ ބޮޑު މިއުޒިކް ކުންފުނިކަމުގައިވާ "ޔުނިވާސަލް މިއުޒިކް" އިން، އޭނަގެ އަމިއްލަ މާސްޓާ ރިކޯޑިންސްތައް ގަތުމުގެ ފުރުސަތު ނުދިނުމުން އެކަމާއި ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ. އެގޮތުން ކާންޔޭ ބުނެފައިވަނީ، އޭނަގެ އަމިއްލަ މާސްޓާ ރިކޯޑިންސްތައް ގަތުމަށް އަރާ ފައިސާގެ އަދަދަކީ ކޮބައިކަން ޔުނިވާސަލް އިން ހާމަކޮށްފައިނުވާކަމަށެވެ. އެހެންކަމުން، ކާންޔޭ ވަނީ ކަޅު ނަސްލުގެ މީހުންނާ ތަފާތު ކުރުން ގެންގުޅެނީ ކަމަށް ބުނެ ވާހަކަދައްކާފައެވެ.
އެހެންކަމުން، އޭނައަށް ލިބިފައިވާ ގްރޭމީ އެވޯޑަކަށް ކުޑަކަމުދާ ވީޑިއޯއެއް އާއްމުކުރުމާއެކު ގިނަ ބަޔަކު ވަނީ ކާންޔޭ އަށް ފާޑުކިޔާ މީސްމީޑިއާގައި ވާހަކަދައްކާފައެވެ.
ޔުނިވާސަލްއާއި ދެކޮޅަށް ނުރުހުން ފާޅުކޮށް ކާންޔޭ މީގެކުރިން ގިނަ ޓްވީޓްތަކެއް ކޮށްފައިވާއިރު، އޭނާ ބުނެފައިވަނި، ޔުނިވާސަލް އިން އޭނަގެ މާސްޓާ ރެކޯޑިންގެ އަގު ބުނަން ދެކޮޅު ހަދަނީ، އޭނާއަށް އެ އަދަދު ދެވޭނެކަން އެ ކުންފުންޏަށް އެނގޭތީކަމަށެވެ.



