ކޮމެޓީގެ ބައްދަލުވުމުގައި އިންތި ހުރީ އަންހެން ކުއްޖެއްގެ ސޫރަ ކުރަހަން!

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ރައްޔިތުން މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) އަންހެން ކުއްޖެއްގެ ސޫރަ ސިފަވާގޮތަށް ސްކެޗާރއެއް ކުރަހަން އިން މަންޒަރު ފެންނަ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މިބައްދަލުވުމަކީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އާއި ގުޅޭ މައްސަލައެއް ކޮމެޓީން ބެލުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުން، މިފޮޓޯއަކީ ބައްދަލުވުން ކުރިއަށް ދަނިކޮށް ނަގާފައިވާ ފޮޓޯތަކެކެވެ. އެކަމާއި ގުޅިގެން އިންތި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ފިޔަވަޅުއަޅާ ކޮމެޓީގެ މިބައްދަލުވުމުގައި ރައީސް އޮފީހުގެ ދެމިނިސްޓަރުން ކަމަށްވާ މުހައްމަދު ޝިފާޒު އާއި ޑރ.މުސްތަފާ ލުތުފީ ވެސް ތިއްބެވިއެވެ. އަދި ދެން މިބައްދަލުވުމުގައި އިންނެވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ