މާލޭގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ 22އުޅަނދެއް ޓޯ ކޮށްފައިވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޤަވާއިދާއި ހިލާފަށް މަގުމަތީގައި ޕާކް ކޮށްފައިވުމާއި ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބެލުމުގެދަށަށް 22އުޅަނދެއް ގެނެވިފައިވާ ކަމަށާއި، އުޅަނދުތައް ނުގެންގޮސްފިނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އަމަލުކުރެވޭނެކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ އުޅަނދުތަކުގެ ތެރޭގައި، 11 މޮޓޯސައިކަލާއި، 1 ބައިސްކަލު، 7 ކާރު، 1 ޖިޕް، 1 ވޭން އަދި 1 ޕިކަޕް ހިމެނޭކަމަށް ފުލުހުން މައުލޫމަތުދީފައިވެއެވެ.
Tow Iulaan: F(M4)C/2020/91
Tow Iulaan: F(M4)C/2020/92
Tow Iulaan: F(M4)C/2020/93 pic.twitter.com/i9ll67wmpM— Maldives Police (@PoliceMv) September 17, 2020
ވީމާ، މިއުޅަނދުތައް ވެރިފަރާތްތަކުން ނުގެންގޮސްފިނަމަ ޤާނޫނު ނަންބަރު 22/2015 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) 2 ވަނަ
އިޞްލާޙްގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން މި އުޅަނދުތައް 60 ދުވަހުގެތެރޭގައި ވެރިފަރާތްތަކުން މިއުޅަނދުތަކާއި ހަވާލުނުވެއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެމަތިން މިއުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފުލުހުންގެ ފަރާތުން ކުރަމުންގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިން ޒޯންތަކަށް ވުރެ ވެހިކަލްތައް ގިނަ ވުމެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ އިތުރު ޕާކިން ޒޯންތަކެއް ޤާއިމްވެސްކޮށްފައެވެ.




