ފުލުހުން އާންމުކުރި ވީޑިއޯގައި ހޯދަން ބޭނުންވާ މީހާ

ވީޑިއޯ އާންމުކޮށް ފުލުހުން މީހަކު ހޯދަނީ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށް އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ، މިމީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްއިން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ.

ފުލުހުންވަނީ ވީޑިއޯގައި ފެންނަ މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 ނުވަތަ ފުލުހުންނާ ގުޅޭ ނަންބަރު 3322111 އަށް ގުޅުއްވައި އިންސިޑެންޓު ނަންބަރު 465342 ވިދާޅުވެ މަޢުލޫމާތު ހިއްޞާ ކުރެއްވުމަށް އެދިލައްވާފަ އެވެ.

މި ވީޑިއޯ އިން ފެންނަނީ މީހަކު ގެއެއްގެ ތެރެއަށް ވަދެ، ފުރަތަމަ ފަހަރު އެއްޗެހި އަޅާފައިވާ ކޮތަޅެއް އަދި ދެވަނަ ފަހަރު ފޮށިގަނޑެއް ހިފައިގެން ނިކުމެގެން ދާ މަންޒަރެވެ.

ފުލުހުންގެ ތަހުޤީޤު ތަކަށް ބޭނުންވާ މީހުން ހޯދުމަށް ކުރިންވެސް ގެންދަވަނީ ފޮޓޯ އާއި ވީޑިއޯ އާންމު ކުރަމުންނެވެ. މިއީ ފުލުހުންގެ ތަހުޤީޤުތައް އަވަސްވެގެންދާނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ