ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްސަލައިގެ ތަހުޤީޤި އަދިވެސ ދަނީ ކުރިޔަށް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ޢަލީ ވަޙީދުގެ މައްސަލަ އާއި ގުޅިގެން "ފެށުން" އަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށެވެ.
ފުލުހުން ވިދާޅުވީ ޢަލީ ވަޙީދުގެ މައްސަލައިގެ ތަޙްޤީޤު އަދި ނުނިމޭ ކަމަށެވެ.
"މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ކުރުމުގެ މަސައްކަތް ޕީޖީގެ މަސްވަރާއާއެކު ދަނީ ކުރަމުން" ޢަލީ ވަޙީދުގެ މައްސަލަ ނިމި ދަޢުވާކުރަން ފޮނުވާފައިވާ ކަމަށް އަޑުތަށް ފެތުރުފައިވަނިކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ވަނީ ހުށަހަޅާފައެވެ. މިކަމާ ގުޅިގެން މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވާފައެވެ.



