މާލޭގައި މީހެއް ގަޔައް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، މާފަންނު ޠައިބާ މިސްކިތް ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމުގެ މައުލޫމަތު ރޭ 20:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލާއި ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮއްފައިވާ ކަމަށާއި، އަނިޔާވި މީހާ އަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.



