ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 7 ސައިކަލެއްގެ ވެރިފަރާތް ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތް ސައިކަލެއްގެ ވެރިފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމުގައެވެ.
މި ސައިކަލްތަކުގެ ވެރިފަރާތްތައް ހޯދަމުންދަނީ ސައިކަލްތަކުގެ ވެރިފަރާތްތަކުން އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ސައިކަލްތައް ހަވާލުކުރެވިފައިނުވާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސައިކަލްތައް:
- AA0A P8407
- AA0B P7850
- AA0C P1620
- AA0G P8756
- AA0C P9088
- AA0C P7386
- AA0F P8972
މި ސައިކަލްތަކުގެ ވެރިފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕޮލިސް ޓޯވ ޔާޑަށް ހާޒިރުވެ ސައިކަލާ ހަވާލުވެ ލެއްވުން އެދޭ ކަމަށާއި ސައިކަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ސައިކަލާ ހަވާލުވެލައްވާނަމަ، ސައިކަލުގެ ރަޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެ އިތުރުން ސައިކަލު ހަވާލުވެލައްވާ ފަރާތެއްގެ ނަން ހިމަނާފައިވާ ސިޓީއެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން އެފަރާތާ ސައިކަލު ހަވާލު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.



