އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ނުދިއުމަށް އޮތް ހައްލަކީ ރައީސް ޔާމީން: މުސާ ފަތުހީ

ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ނުދިއުމަށް އޮތް ހައްލަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު މޫސާ ފަތުހީ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދިޔަ ޖަލްސާގައި ވަކީލު މުސާ ފަތުހީ ވާހަކަދައްކަވަމުން ވިދާޅުވީ، ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ނުދިއުމަށް އޮތް ހައްލަކީ ރައީސް ޔާމީން ކަމަށާއި މިގައުގެ ފަނޑިޔާރުގެއަށް ފައިސާގެ ނުފޫޒާއި މަގާމުގެ ނުފޫޒު ފޯރުވިޔަ ނުދީ މިނިވަން ފަނޑިޔާރުގެއަކަށް ހެދުމުގެ ހަމައެކަނި ހައްލުއޮތީ ރައީސް ޔާމީނުގެ ސިޔާސަތުގެ ތެރެއިން ކަމަށެވެ.

"މިގައުމަށް އެހެން ދީން ތަކުގެ ފިކުރުތައް އަންނަ މައްސަލައަށް ހައްލު އޮތީ ރައީސް ޔާމީނަށް މިގައުމުގެ ޒައާމަތު ހަވާލުކޮށްގެން. މިގައުމުގެ ދަންނަ ބޭކަލުންނަށް ވެސް ދީނުގެ ބަސް ރަނގަޅުގޮތުގައި ރައްޔިތުންނަށް ހާމަކޮށްްދިނުމުގެ މައްސަލައަށް ހައްލެއް ހޯދައި ދެވޭނީ ރައީސް ޔާމީނަށް" މޫސާ ފަތުހީ ވިދާޅުވިއެވެ.

މޫސާ ފަތުހީ އިތުރަށް ވިދާޅުވީ، މި ގައުމަށް އޮތް އެންމެ ބޮޑު ބިރަކީ ފައިސާގެ ނުފޫޒާއި މަގާމުގެ ނުުފޫޒު ބޭނުންކޮށްގެން މިގައުމުގެ އެކި ދާއިރާތަކުން އެސައިމެންޓް ހެދުމުގެ ނަތީޖާ ކަމަށެވެ.

.އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ. އެމަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ