އަދީބުގެ ހުކުމަކީ އިންސާފަށް ލިބުނެ ކުރިއެރުމެއް ނޫން: ޖަމީލް

ކުށަށް ބަލާއިރު އަދީބުގެ ހުކުމަކީ އިންސާފަށް ލިބުނެ ކުރިއެރުމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނިކޮށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާވެސް ސާބިތުވާކަމަށް ނިންމައި އަދީބު 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލާން ޚުކުމް ކޮށްފައިވަނީ ރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. މީގެ އިތުރުން އަދީބު ވަނީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.

ޖަމީލް ރޭ ކުރެއްވި ތްވީޓެއްގައި ވިދާޅުވީ، ކުށަށް ބަލާއިރު އަދީބަށް ކޮސްފައިވާ ޙުކުމަކީ އިންޞާފަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި މިކަމުގެ ސަބަބުން އުފާ ނުވާ ކަމަށެވެ. އަދީބަށް ހުކުމް ކުރުމުން ލިބޭ އިބްރަތަކީ ގޯހަކުން ލިބޭނެ މޮޅެއް، ޢިއްޒަތެއް އަދި ޙައްޤަކަށް އަރައިގަނެގެން ލިބޭނެ ކުރިއެރުމެއް ނެތްކަމާއި މީހުން ފްރޭމްކޮށްގެން ކުރި ނުލިބޭނެކަން ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ތަޤްދީރުގެ ނިޔާ މާ މޮޅުވާނެކަން ޤަބޫލްކުރަންވާނެ ކަމަށް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ދަޢުލަތުން ކުރި 7 ދައުވާއަކީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އަވަސް ނިޔާއިން އެ މައްސަލައިގެ ހުކުމް އިއްވަން ރޭ ބޭއްވި ޝަރީއަތުގައި އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވިދާޅުވީ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ވަކީލުގެ ހާޒިރުގައި ދައުވާތަކަށް އެއްބަސްވެ ވަޑައިިގެންފައިވާތީ އަދީބުގެ އިއުތިރާފުން އެ ދައުވާތައް ސާބިތުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ