ކުޅުދުއްފުށި ސިޓީ މޮނިޓަރިންގައި ބޭއްވުމަށްފަހު މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ކުޅުދުއްފުށި ސިޓީ ގައި އިޢުލާންކުރި މޮނިޓަރިންގެ ހާލަތު އުވާލީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވަނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ ފުލުސް އޮފިޝަރެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅުގެން ރޭގެ ވަގުތެއްގައި، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.
ރޭ ކުޅުދުއްފުށި މޮނިޓަރިންއަށް ލުމާއިއެކު ރަށުގައި އޭރު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކުރިނަމަވެސް މިހާރު އެރަށަށް އަރާ ފޭބުން މަނަލެއް ނުވާނެ އެވެ.
މީގެ ކުރިންވެސް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ ވަނީ މޮނިޓަރިންނަށް ލައިފަ އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރ 25 ވަނަ ދުވަހު އެރަށު ފާޅު ބޯޓުން ދަތުރުކުރި ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވުވުމާއި ގުޅިގެން އެރަށް މޮނިޓަރިންނަށް ލައި މިދިޔަ ސެޕްޓެމްބަރ 28 ވަނަ ދުވަހު ވަނީ މޮނިޓަރިން އުވާލައިފައެވެ.



