ފުލުސް ލޯގޯ - ފޮޓޯ: ފުލުސް

މީހަކަށް ބިރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

މީހަކަށް ބިރު ދެއްކި މައްސަލައެއް ބަލަމުންދާކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ހުށަހެޅިފައިވަނީ 2020 އޮކްޓޯބަރު 4 ވީ އާދިއްތަދުވަހު ކަމަށެވެ.

އަދި މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ޙައްޔަރުކޮށްފައިނުވާއިރު، ފުލުހުން ވިދާޅުވީ މިމައްސަލަ ދަނީ ތަޙުޤީޤު ކުރެވެމުންކަމަށެވެ.

މިމައްސަލައާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ނުދެއްވައެވެ.

ބައެއް މީޑިއާތަކުގައި ރިޕޯރޓްކޮށްފައިވާ ގޮތުގައި ބިރު ދައްކާފައިވަނީ ބަންޑާރަ މިސްކިތުގެ އިމާމަށެވެ.

(ތަފްޞީލް އަންނަނީ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ