ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަވަހާރަވިޔަސް އެބޭފުޅާގެ ވާހަކަފުޅުތައް ރައްކާތެރި ކުރެވޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިއަދު ޔާމީން ޖަލުން ވަގުތުން ވަގުތައް ގެއަށް ބަދަލު ކުރަން ޖެހޭ ކަމަށާއި އެހެންނޫނީ އަދީބު ޖަލަށް ލާން ޖެހޭ ކަމަށާއި މި މަޖިލީހުން ހަދާ ގާނޫނަކަށް އެއްވެސް ބާރެއް ނޯންނަ ކަމަށާއި ގަވާއިދެއް ހަދާފަ ގާނޫނުގެ ބާރު ކަނޑުވާލާ ކަމަށެވެ.
އަދި ކިތަންމެ ރުޅި އަޔަސް ކިތަންމެ އަދާވާތްތެރި ވިޔަސް އަދުލު އިންސާފު މުގުރާލައިގެން ނުވާނެ ކަމަށާއި މިއަދު އަޅުގަނޑު މިތާހުރެ މިވާހަކަ ދައްކަނީ ކަމަށާއި މާދަން އަޅުގަނޑު މަރުވެދިޔަސް މި މަޖިލީހުގައި އަޅުގަނޑު ދެއްކި ވާހަކަ ރިކޯޑިން އޮންނާނެ ކަމަށެވެ.
ޖާބިރު މިފަދައިން ވިދާޅުވުމް ރައީސް ނަޝީދު ވިދާޅުވީ، އިއްޒަތްތެރި މެމްބަރު އަވަހާރަ ވެއްޖެނަމަވެސް މިތަނުގެ ޔައުމިއްޔާ ތަކުގައި އިއްޒަތްތެރި މެމްބަރުގެ ވާހަކަފުޅުތައް ބަރާބަރަށް ރައްކާތެރި ކުރެވިފައި ވާނެކަން ޔަގީންކޮށް އަރުވާ ކަމަށެވެ.




