ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ ހަތްހާހެއްހާ މީހުން އަނބުރާ ޤައުމަށް ފޮނުވާލެވިއްޖެކަމަށް ފޮރިންގ މިނިސްޓްރީއިން ބުނެފިއެވެ.
ފޮރިންގ މިނިސްޓްރީއިން ބުނީ، ރާއްޖޭގައި އެއްވެސް ލިޔެކިއުމެއް ނެތި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 6898 ބަންގްލަދޭޝްގެ ރައްޔިތަކު އަނބުރާ ޤައުމަށް ފޮނުވާލެވިފައިވާކަމަށެވެ. މިއަދުވެސް ބަންގްލަދޭޝްގެ ރައްޔިތުންތަކެއް އަނބުރާ ޤައުމަށް ފޮނުވާލާފައިވާއިރު، ރާއްޖޭގެ ޤައުމީ އެއާރލައިން މޯލްޑިވިއަށްއިން ހާމަކޮށްފައިވާ ގޮތުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 200 ރައްޔިތުންތަކު މިއަދުވަނީ އަނބުރާ ޤައުމަށް ފޮނުވާލެވިފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ވާކް ވިސާ ނެތި ޤަވައިދާ ޚިލާފަށް އެންމެ ގިނައިން އުޅެނީ ބަންގްލަދޭޝ އަށް ނިސްބަތްވާ މީހުންނެވެ.
Today’s #Repatriation flight just departed to Dhaka with 200 Bangladeshi nationals.#Maldivian #NationalAirline ???????? pic.twitter.com/XjoPvYIlyO
— Maldivian (@MaldivianAero) October 7, 2020
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން ފޮނުވާލުމުގެ މަސައްކަތް ފެށީ ބަންގްލަދޭޝްގެ ސަރުކާރާއި މަޝްވަރާ ކުރުމަށް ފަހުއެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ގިނަބަޔަކު ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއިން މިހާތަނަށް 10621 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި 2864 ބަންގްލަދޭޝް މީހުން ހިމެނެއެވެ.




