ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ކުޅުދުއްފުށީ ކަރަންޓީން ފެސިލިޓީގައި ހުރި މީހަކު ވިހައިފި

ހދ. ކުޅުދުއްފުށީގައި ކަރަންޓީންގައި ހުރި މީހަކު ވިހައިފިއެވެ. ކުޅުދުއްފުށީގައި ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކޭޕީއެލް ގެސްޓްހައުސްގައި އެމީހާ ވިހާފައި ވަނީ އިއްޔެ ވަގުތެއްގައެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ފެސިލިޓީގައި ވިހާފައި ވަނީ އުމުރުން 33 އަހަރުގެ އަންހެނެކެވެ. އެމީހާއަކީ ކުޅުދުއްފުށިން ކޮވިޑްއަށް ޕޮޒިޓިވްވި ފުލުހެއްގެ ޑައިރެކްޓް ކޮންޓެކްޓްއެއްގެ ގޮތުގައި ފާހަގަ ކުރެވުނު މީހެއްގެ އަންހެނުންނެވެ.

ދާދި ފަހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެއް ކޮވިޑްއަށް ޕޮޒިޓިވް ވުމާއިގުޅިގެން އެރަށުންނެގި ބައެއް ސާމްޕަލްތައް ވަނީ ކޮވިޑްއަށް ޕޮޒިޓިވް ވެފައެވެ. ބުނެވޭ ގޮތުގައި ފުލުހުންގެ ތެރެއިން ޕޮޒިޓިވް ވި މީހުން ޕޮޒިޓިވް ވެފައިވަނީ ކޮޗިން-ކުޅުދުއްފުށި ފެރީގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތަށް މާލެއިން އެރަށަށް ދިޔަ ފުލުހުންގެ ފަރާތުންނެވެ.

ކުޅުދުއްފުށީ ޕޮލިސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެއް ޕޮޒިޓިވް ވުމާއި ގުޅިގެން ގިނަ ރައްތަކެއް މޮނިޓަރިންއަށްލާ ވަނީ ކޮންޓެކްޓް ޓްރޭސިން ހަދާފައެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުން ނެގި ސާމްޕަލްތައް ޕޮޒިޓިވް ވެފައިވާއިރު، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވި ގިނަ ބަޔަކު ވަނީ ކަރަންޓީންގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ