ބަނގްލަދޭޝް މީހަކު ރަހީނު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މީހަކު ރަހީނު ކުރި މައްސަލައެއް ރޭ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި ރަހީނު ކޮށްފައިވަނީ ބަނގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.
މި މައްސަލާގައި އަނިޔާ ލިބުނެ މީހާ މިހާރު ހުރީ ފުލުހުންގެ ހިމާޔަތުގެ ދަށުގައި ކަމަށާއި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައިގައި ތުހުމަތު ކުރެވިގެން ގެނެވިފައިވަނީ ވެސް ބަނގްލަދޭޝްގެ ފިރިހެނެކެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ




