12،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، ޒުވާނަކު ހައްޔަރުކޮށްފި

ކ. ގާފަރު ގެއަކުން ވަގަށް ނަގާފައިވާ 12،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި ތުހުމަތުކުރެވޭ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅީގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެއްކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ގާފަރު ގެއަކުން 12،995 ރުފިޔާ ވަގަށް ނަގާފައިވާކަމަށް އޮކްޓޫބަރު 13 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅީގެން ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 15 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށެވެ.

"ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ މިމައްސަލާގައި ހައްޔަރުކުރި މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިން" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

މިހާރި މިމައްސަލަ ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ގާފަރު

    ތުލުސްދޫތަ ކާށިދޫގަ. ހަމަޔަގީންކޮއްލަން އަހާލި

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ