ބޮލީވުޑްގެ މަޝްހޫރު ދެމެފަރިންކަމުގައިވާ އެކްޓްރެސް ކަރީނާ ކަޕޫރާއި، އެކްޓަރ ސައިފް އަލީ ޙާންގެ ކައިވެންޏަށް 8 އަހަރު ފުރިއްޖެއެވެ.
ކައިވެންޏަށް 8 އަހަރު ވުމާގުޅިގެން ކަރީނާ އޭނަގެ އިންސްޓަގްރަމްގައި ވަނީ ދެމަފިރިންގެ ފޮޓޯއަކާއެކު، ލިއުމެއް ހިއްސާކޮށްފައެވެ.
އެ ލިޔުންކޮޅުގައި އެއްދުވަސްވަރެއްގައި ބޭބޫ ނަމަކަށް ކިޔާ އަންހެން ކުއްޖަކާ ސައިފު ކިޔާ ފިރިހެން ކުއްޖެއް އުޅުނުކަމަށާއި ދެ މީހުންނަށް ވެސް ސްޕެގެޓީ ކަމުދާ ކަމަށާއި އެންޑް ދޭ ލިވްޑް ހެޕިލީ އެވާ އާފްޓާ،ކަމަށް ކަރީނާ ލިޔެފައިވެއެވެ.
ކަރީނާ އާއި ސައިފް ގެ ކައިވެންޏަށް 8 އަހަރު ފުރުނުއިރު އެދެމަފިރިންނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ޙަބަރު ފޭނުންނަށް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައިވަނީ ދީފައެވެ. ދެވަނަ ދަރިއަކު ލިބެންއުޅޭކަން އިއުލާންކުރުމާއެކު، އާއްމުންގެ ފަރާތުން އަންނަ މަރުހަބާގެ މެސެޖްތަކަށާއި، ދެމުންދާ ހިތްވަރަށް އެ ދެމަފިރިން ވަނީ ޝުކުރު އަދާކޮށްފައިވެއެވެ.

ސައިފްއާއި ކަރީނާ ކައިވެނިކޮށްފައިވަނީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު 16 ގައެވެ. އަދި މި ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅު ތައިމޫރް އަލީ ޙާންއަށް މިހާރު ވަނީ ތިން އަހަރު ފުރިފައެވެ.
އެކްޓަރު ސައިފްއަށް ކުރީގެ ކައިވެންޏަކަށް 2 ދަރިން ލިބިފައިވެއެވެ. އެގޮތުން އެކްޓްރެސް އަމްރިތާ އާއި ސައިފްގެ ކައިވެންޏަށް ލިބިފައިވާ ސާރާ އާއި އިބްރާހިމް އަކީވެސް އާއްމުންގެ ތެރޭގައި ވަރަށް މަޝްހޫރު ދެ ކުދިންނެވެ. އެގޮތުން ސާރާ އަކީ، މިހާރަ ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާއެކެވެ.
ކަރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ، އާމިރު ޙާންއާއެކު ފެނިގެންދާ ފިލްމް، “ލާލް ސިންހް ޗައްދާ” އިންނެވެ. މިއީ ހޮލީވުޑްގެ ކާމިޔާބު ފިލްމް “ފޮރެސްޓް” ގަމްޕްގެ ވާހަކައިގެ މައްޗަށް ބިނާކޮށް ހަދާފިލްމެކެވެ.



