ކުޅުދުއްފުށިން ކައްކާ ގޭސް ހުސްވެ، އެރަށް ގޭހަށް ޖެހިއްޖެ

ހދ. ކުޅުދުއްފުށިން ކައްކާ ގޭސް ހުސްވެ އެރަށް ގޭހަށް ޖެހިއްޖެއެވެ.

ކުޅުދުއްފުށިން ކައްކާ ގޭސް ހުސްވެފައި މިވަނީ، ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ކުޅުދުއްފުއްޓަށް ކައްކާ ގޭސް ހިފައިގެން ދަތުރުކުރާ ދޯންޏަށް ނާދެވުމުގެ ސަބަބުންނެވެ.

ކުޅުދުއްފުށީގައި ކައްކާ ގޭހުގެ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ފަރާތް ކަމަށްވާ "ސޭމް ގޭސް"ގެ ވެރިޔާ އަބްދުއްސަލާމް އަބޫބަކުރު އާއި ހަވާލާދީ އޮންލައިން ނޫސް "ކޭއޯ" ގައި ރިޕޯޓްކޮއްފައިވާ ގޮތުން އެރަށުން ގޭސް ހުސްވެފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބަރުކުރި ގޭސް ޝިޕްމެންޓް މޫސުމް ގޯސްވުމުގެ ސަބަބުން ދަތުރު ނުކުރެވިގެންނެވެ.

"ގޭހަކީ ހުސްވާން ކައިރިވީމަ ގުޅާލައިގެން ދޯންޏަށް ބަރުކުރެވޭ އެއްޗެށް ނޫން. އޭއީ މިކޮޅުގަ ހުންނަ ހުސްފުޅި މާލެ ފޮނުވައިގެން ރިފިލް ކޮށްގެން ގެންނަ އެއްޗެއް. އެހެންކަމުން އެހެން މުދާ ގެނައުމާ ވަރަށް ތަފާތުވާނެ. މިހާރު ރަށަށް ދަތުރު ފަށާފަވީ ގޭސް ބަރުކުރި އެއް ދޯނި އަނެއްކާ މިއަދު ވެސް ވެއްޖެ ދޯންޏެއް ފުރުވާލާފަ. އިރާދަ ކުރެއްވިއްޏާ މާދަމާ ހެނދުނަށް ގޭގެއަށް ގޭސް ލިބޭވަރުވާނެ" ސަލާމް "ކޭއޯ" އަށް ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގައި ހަމައެކަނި ކެއްކުމަށް ބޭނުންކުރަމުންދަނީ މޯލްޑިވް ގޭހަށްވާއިރު، ކުޅުދުއްފުއްޓަށް ގެންނަ ގޭހުގެ ބޮޑުބައެއް ރަށުގެ އިތުރު ތިލަދުންމަތީގެ ގިނަ ރަށްތަކަކަށްވެސް ފޮނުވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ