ނިއުޒީލެންޑުގައި މިއަދު ބޭއްވުނު އެގައުމުގެ އާންމު އިންތިހާބު މިހާރުގެ ބޮޑުވަޒީރު އަދި ލޭބާ ޕާޓީގެ ލީޑަރު ޖަސިންދާ އާޑެން ކާމިޔާބު ކުރައްވައިފިއެވެ.
އާޑެން މި އިންތިހާބު ކާމިޔާބު ކުރައްވައިފައިވަނީ ނޭޝަނަލް ޕާޓީގެ ލީޑަރު ޖޫޑިތު ކޮލިންސާއި ވާދަކޮށެވެ. މިހާތަނަށް ގުނި ވޯޓުގެ ނަތީޖާ ދައްކާގޮތުން ލޭބާ ޕާޓީއިންވަނީ 49 އިންސައްތަ ވޯޓު ކާމިޔާބު ކޮށްފައެވެ. އަދި ނޭޝަނަލް ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 77 އިންސައްތައިގެ ވޯޓެވެ.
މި އާންމު އިންތިހާބަކީ މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ބާއްވަންޖެހޭ އިންތިހާބެކެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިންތިހާބުވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައި ބޭއްވޭގޮތް ނުވެފައެވެ.
ނިއުޒީލެންޑުގެ ގަޑިން ހެނދުނު ނުވައެއް ޖެހިއިރު ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފަށައިފައިވީ ނަމަވެސް ރެކޯޑު ޢަދަދެއްގެ ރައްޔިތުންވަނީ އޭގެ ކުރިން ވޯޓު ލައިފައެވެ. ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒީލެންޑުގެ އިލެކްޝަންސް ކޮމިޝަނުން ބުނީ "އާރލީ ވޯޓާސް"ގެ ގޮތުގައި ދެ މިލިއަނަށްވުރެ ގިނަ ވޯޓު ލާފައިވާކަމަށެވެ.
ސަރުކާރެއް އެކުލަވާލުމަށް ޤާނޫނު ހަދާ މަޖިލީހުގެ 120 ގޮޑީގެ ތެރެއިން 61 ގޮނޑި ކާމިޔާބުކުރަންޖެހޭ ގޮތަށް ނިއުޒީލެންޑުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްފައިވަނީ 1996ވަނަ އަހަރުގައެވެ. އެއީ ވޯޓުގެ ގާތްގަނޑަކަށް 48 އިންސައްތައެވެ. އޭގެ ސަބަބުން އެ ޤައުމުގެ އިންތިޚާބުތަކުގައި ކުދި ޕާޓީތަކުގެ ދައުރު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.
މިފަހަރުގެ އިންތިހާބުން ލޭބާ ޕާޓީއަށް ކުރިލިބިގެންދަނީ ވަރަށް ހަނި އަގުލަބިއްޔަތަކުންނެވެ.