މެރިން ޕޮލިސް ޑިޕާޓްމަންޓްގެ ޕޮލިސް ޑައިވިންގ ޔުނިޓްގެ އަންޑަރވޯޓަރ ސަރޗް އެވިޑެންސް ގެ ފަރާތުން ޔުސަރޓް މީޑިއަމް ސްކޭލް ހަރަކާތެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، މި ހިނގާ އޮކްޓޯބަރ މަހުގެ 14 އަދި 15 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ތިއަރީ ކްލާސްތަކާއި، ޕްރެކްޓިކަލް ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ފޮރެންސިކް ޑައިވަރުން ރިފްރެޝަރކުރުމާއި، އަންޑަރވޯޓަރ ސަރޗް މެތަޑްތަކާއި، ހޭންޑް ސިގްނަލްތަކުގެ އިތުރުން އަންޑަރވޯޓަރ ޑައިވިންގެ ބައެއް ހުނަރުތައް ފަރިތަކުރުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޑައިވަރުން ކޮންމެހެން ކުރަންޖެހޭ ބައެއް ލިޔެކިޔުމުގެ މަސައްކަތްތައް ކުރަންވީ ގޮތްތައް ތަފްސީލީ ގޮތެއްގައި މި ހަރަކާތުގެ ތެރެއިން ޑައިވަރުންނަށް އުނގަންނައި ދީފައިވާ ކަމަށާއި މީގެއިތުރުން މި ހަރަކާތުގެ ތެރެއިން ފުލުހުންނަށް ހުށަހެޅުނު ބައެއް މައްސަލަަތަކުގައި ކަނޑުއަޑި ބަލައިފާސްކުރުން ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ހަރަކާތުގައި މެރިން ޕޮލިސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފޮރެންސިކް ޑައިވަރުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގައި ހިންގާ ކަނޑުއަޑީގެ އޮޕަރޭޝަންތަކުގައި މަސައްކަތް ކުރަމުން ގެންދާ ޑައިވަރުން ބައިވެރިވެފައިވެއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މެރިން ޕޮލިސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފޮރެންސިކް ޑައިވިންގ ސްޕެޝަލިޓީ އިންސްޓްރަކްޓަރ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޔާމިން މުހައްމަދު އަދި ފޮރެންސިކް ސްޕެޝަލިޓީ އިންސްޓްރަކްޓަރ ޕޮލިސް ކޯޕްރަލް މުއާޒް މުހައްމަދެވެ.



