ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތަށް، ވީޑިއޯއެއް އާންމުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން، މި ވީޑިއޯއިން ފެންނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.
މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، މި މީހާގެ މައުލޫމާތު އިނގޭ ފަރާތްތަކުން، ފުލުހުންގެ ނަންބަރު 3322111 ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ނަންބަރު، 9631696 އަށް ގުޅުއްވާ އެކަން އެނގުމަށް ފުލުހުން އެދިލައްވާކަމަށެވެ.
Maldives Police Service urges anyone with information on the individual seen in the video to come forward and contact Police through 3322111 or GID on 9631696 quoting incident number: 468283.
— Maldives Police (@PoliceMv) October 22, 2020
އެހެންނަމަވެސް ފުލުހުން މި މީހާ ހޯދަމުންދަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމަ ކޮއްފައެއް ނުވެއެވެ.




