މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު | ފޮޓޯ: މަޖިލިސް

ހެލްތް މިނިސްޓަރަކަށް ނަސީމް ލުމަކީ ކުރި ބޮޑު މަލާމާތެއް: ސައީދު

ހެލްތް މިނިސްޓަރު ކަމަށް ކެރަފާ ނަސީމް އައްޔަން ކުރުމަކީ ސިއްހީ ދާއިރާއަށް ކުރި ބޮޑު މަލާމާތެއް ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވަނީ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރެފާ ނަސީމް) އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

ހެލްތު މިނިސްޓަރު ކަމަށް ކެރެފާ ނަސީމް އައްޔަން ކުރެއްވުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިއީ ސިއްހީ ދާއިރާއަށް ކުރި ބޮޑު މަލާމާތެއް ކަމަށާއި ޒުވާނުންނާއި ދިވެހި ދަރީން ބާކީކޮށް އާއިލާގެ މެމްބަރުން ބާރުވެރިކުރަނީ ރައީސް ނަޝިދާއި  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ "ބާރު" ޕާޓީތެރޭ ކަނޑައެޅުމަށް ހިންގާ ވާދަވެރިކަމުގެ ތެރެއިން ކަމަށެވެ.

ހެލްތް މިނިސްޓަރުކަމަށް ކެރަފާ ނަސީމް އައްޔަންކުރެއްވުމާއި ގުޅިގެން އިދިކޮޅު ގިނަ ފަރާތްތަކެއް އަންނަނީ އެކަމަށް ފާދުވިދާޅުވަމުންނެވެ. 

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ކެރަފާ ނަސީމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވާފައި މިވަނީ އެމަޤާމުގައި ކުރިން ހުންނެވި އަބްދުﷲ އަމީން އޮކްޓޫބަރ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ