އަލްޓިމޭޓް ފައިޓިންގ ޗެމްޕިއަންޝިޕް (ޔޫއެފްސީ) ގެ މަޝްހޫރު ތަރި ޚަބީބް ނޫރްމަގޮމެދޮވް ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު ކެރިއަރު ނިންމާލައިފިއެވެ.
"ދަ އީގަލް" ގެ ނަމުން މަޝްޙޫރުވެފައިވާ ޚަބީބު އޭނާގެ ވަދާއީ ތެޅުމުގައި ވާދަކޮށްފައިވަނީ ހަތްވަނައަށް ރޭންކުކޮށްފައިވާ އެމެރިކާގެ ތެޅުންތެރިޔާ ޖަސްޓިން ގެއިތް އާއެވެ. ރޭ ކުރިއަށް މިތެޅުން ޚަބީބުވަނީ ފަޞޭހަ ކަމާއެކު ކާމިޔާބުކޮށްފައެވެ. ރޭގެ މެޗު ޚަބީބު ކާމިޔާބުކުރީ އޭނާގެ ރަސްމީ ލޮކު އަޅުވައިގެންނެވެ.
މެޗުން މޮޅުވުމާއެކު ޚަބީބުގެ ލޯ ކަރުނުން ފުރެނެވެ. އަދި މިއީ އޭނާގެ ކެރިއަރު ނިންމާލިކަމުގެ ޚިތާމަވެރި ޚަބަރު ސަޕޯޓަރުންނަށް ދިނެވެ.
ލިބުނު ބޮޑު ކާމިޔާބީއާއެކު މާތް ﷲ އަށް ޝުކުރުކުރުމަށްފަހު ޚަބީބު ބުނީ ބައްޕަ ނެތް ދުނިޔެއެއްގައި އެނބުރި އޭނާ ރިންގަން ދެން ނާންނެކަމަށާއި، މިއީ ބައްޕައާއި ނުލައި ތެޅި ފުރަތަމަ މެޗުކަމަށެވެ.
އަދި ޔޫއެފްސީން މިމެޗު ރާވަން ގުޅުމުން އެންމެ ފުރަތަމަވެސް ވާހަކަ ދެއްކީ މަންމައާކަމަށާއި، ބައްޕައާއި ނުލައި ރިންގަށް އަންނަށް އޭނާގެ މަންމަވެސް ބޭނުންނުވާކަމަށް ޚަބީބު ބުންޏެވެ. އެގޮތުން ޚަބީބު ބުނީ، ތިން ދުވަސް ވަންދެއް ވާހަކަ ދެއްކުމަށްފަހު މިއީ ފަހު މެޗުކަމަށް މަންމައާއި ވަޢުދުވިންކަމަށާއި، އަދި އެ ވަޢުދު ފުއްދުމަކީ އޭނާ ކުރަންޖެހޭނެކަމެއްކަމަށެވެ. ކުރިޔަށް ތެޅުމުގެ ބޮޑެތި މެޗުތަކެއް ތާވަލުކޮށްފައިވަނިކޮށް ކުއްލިގޮތަކަށް ރިޓަޔާވީ މަންމަ އެކަމަށް އެދުމުންކަމަށްވެސް އޭނާ ބުންޏެވެ.
"Today is my last fight here in UFC." #UFC254 pic.twitter.com/sq6R9LxN1i
— UFC (@ufc) October 24, 2020
އަދި ކެރިއަރު އޭނާ މިހާހިސާބަށް ގެނެސްދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވާއިރު، ޔޫއެފްސީއިން އޭނާގެ ނަން މިކުޅިވަރުގެ ދުނިޔޭގެ އެންމެ މަތީ ވަނައަށްލުމަށްވެސް އޭނާ އެދިފައިވެއެވެ.
ޚަބީބް ރިޓަޔާވިއިރު އޭނާގެ ކެރިއަރުގައި އެންމެ ބޮޑު އެހީތެރިކަމެއް ވި އޭނާގެ ބައްޕަ ވަނީ މިއަހަރުގެ ޖުލައިމަހު ކޮވިޑު ބަލީގައި މަރުވެފައެވެ. ރޭގެ މެޗު ޚަބީބު ޚާއްސަކުރީވެސް އޭނާގެ ބައްޕައަށެވެ. ޚަބީބު ކެރިއަރނިންމާލާފައިވަނީ އުުމުރުން 32 އަހަރުގައެވެ.
ތެެޅުމުގެ ކެރިއަރު 2012 ވަނަ އަހަރު ފެށި ޚަބީބުގެ ވާދަކުރި އެއްވެސް މެޗަކުން އޭނާ ބަލިވެފައެއް ނުވެއެވެ. ޔޫއެފްސީ ލައިޓްވެއިންޓް ޗެމްޕިއަންގައި އޭނާ ވާދަކުރި 13 މެޗުވެސް ކާމިޔާބުކޮށްފައިވާ ޚަބީބް ކުއްލި ގޮތަކަށް ރިޓަޔާވުމާއެކު ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ޝުއޫރުފާޅުކުރަމުންނެވެ. އަދި 29-0 ގެ ރެކޯޑަކާ އެކު ޕްރޯ އެމްއެމްއޭ ވެސް ލީޑުކުރަނީ ޚަބީބުއެވެ.




ހިޔާލު
ހަމައެކަނި މިނޫހުން މިހަބަރު މިފެނުނީ.. މުސްލިމް އެތްލީޓެއް ވީމަ ދިވެހި ނޫސްތަކަށް އަރުވާލަން ނުކެރެނީ