ހަޤީގަތާއި ޙިލާފު ވާހަކަތައް ފަތުރާ، އިމްރާންގެ އަގު ވައްޓާލަން އުޅުނަސް އެކަމެއް ނުވާނެ: ޝައިހް ޒައިދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ގުޅުވައިގެން ހަޤީގަތާއި ހިލާފް ވާހަކަތައް ފެތުރާއި އަގު ވައްޓާލަން އުޅުނުކަމުގައިވިޔަސް އެކަމެއް ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ވިދާޅުވީ، ހޯމް މިނިސްޓަރ އިމްރާން އާއި ގުޅުވައިގެން ދައްކަވާ ފާހަކަފުޅަކީ، އެމަނިކުފާނު ނުވެސް ވިދާޅުވާ ވާހަކައެއް ވިދާޅުވިކަމަށް ހަދައިގެން ފަތުރާ ވާހަކަތަކެއް ކަމަށެވެ. އަދި ފޭކް ޕޯސްޓުތަކާއި ފޭކު ނޫސް ހެޑްލައިންތަކަށް ބިނާކޮށް ހުކުމް ނުކޮށް ޝެއިހްގެ އޯޑިއޯ އަޑު އެހުމަށް ޒައިދު ވިދާޅުވިއެވެ.

2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ފތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާއި ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައި ވަނީ ރޭ ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޕްރޮގްރާމެއްގައި އެހުންތެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިމްރާން ވިދާޅުވީ، އެ މައްސަލާގައި ޕްރޮސީޖަރަލް މައްސަލަތަކެއް އެބަހުރި ކަމަށާއި ނަމަވެސް ކަންހިނގައި ދިޔަ ގޮތަށް ބަލާއިރު އާންމުންގެ ތެރޭ ވާހަކަ ދެކެވުނީ ކަން ހިނގި ގޮތަށްވުރެ މާ ބޮޑުކޮށް ކަމަށެވެ.

އިމްރާންގެ މި ވާހަކަފުޅާއި ގުޅިގެން، ޖިންސީ ގޯނާ ކުރިމަތިވި އަންހެން މިހާ ތަމްސީލުކުރާ ލޯ ފާމް “ރިޒާ އެންޑް ކޯ” އިން މިއަދު ވަނީ ބަޔާނެއް ނެރެއްވާ އިމްރާން ދެއްކެވި ވާހަކަ ކުއްވެރިކޮށްފައެވެ. އަދި މިކަމަށް ފިޔަވަޅުއެޅުމަށް މަޖިލީހަށް ފޮނުވަން ނިއްމާފައިވާކަމަށް ފާމް އިން ބުނެފައިވެއެވެ.

ސަފާރީގައި ހިނގީ ކުޑަކަމެއް، ރޭޕެއް ނޫން: އިމްރާން

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ