ފޮޓޯ: ސަން

ޖާބިރު މަސްލަތު ހިމެނޭ ކުންފުނިތަކުން 1.2 ބިލިއަން ރުފިޔާ ދައްކަން އެބައޮތް: ޝަހީމް

ޖާބިރު މަސްލަތު ހިމެނޭ ކުންފުނިތަކުން 1.2 ބިލިއަން ރުފިޔާ ދައުލަތައް ދައްކަން އެބައޮތް ކަމަށް  ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަނދުން ހުސައިން ވިދާޅުވީ، މި ސަރުކާރު އައީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އަދުލު އިންސާފާއި ހައްގު މިންވަރާއި ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް ވައުދުވެ ކަމަށާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މަސްލަތު ހިމެނޭ ކުންފުނިތަކުން ދިވެހި ދައުލަތައް ދައްކަވަން 1.2 ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ.

ޖާބިރު ވިދާޅުވީ، ކާޝިދޫ ދާއިރާގެ މެމްބަރަކީ ކާޝިދޫ ރައްޔިތުން ހޮވާފައި ހުރި މެމްބަރެއް ކަމަށާއި މިއީ ރައްޔިތުން މަޖިލިސް ކަން ކަމާއި މިއީ ޝަރީއަތް ކުރާ މަޖިލިސް ނޫން އަނދުން ހުސައިން އަށް އިނގިވަޑައިގަންނަވަން ވާނެ ކަމަށެވެ. އަދި މިތާގައި ދޮގު ހަދައިގެން ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީ މަނާކޮށްފައި އޮތް ކަމެއްކަމަށް ވިދާޅުވިއެވެ.

"ޖާބިރަށް ހަނދާން ކޮށްދެން ރައްޔިތުން މަޖިލީހުގެ 61 ވަނަ މާއްދާގެ ހ އިން ފެށިގެން ތިރިއަށް ހުރި ހުރިހާ މާއްދާ އަކާއި ހިލާފަށްކަން އޮޅުވާލަމުން މިތަނުގައި އިތުރުފުޅު ހައްދަަވަމުން އެގެންދަވަނީ. އަމިއްފުޅު މަސްލަހަތު ހިމެނިވަޑައިގަންނަވާ ކުންފުނިތަކުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ސަރުކާރަށް އަދި ދައުލަތައްދައްކަން އެބައޮތް. އެމްއެމްޕީއާރުސީ ގެ ހިޔާނާތާއި ހަަމަ ދާދި އަރާ އެ ހަމަވަނީ. ދެން ކުދަކުޑަ ތަންކޮޅެއް ހުރީ. އެއް ފިޔަވަޅު އަޅާލިޔަސް އެމްއެމްޕީއާރުސީން ގެއްލުނު ފައިސާއާއި އެއްވަރު. އެހެންވީމާ 1.2 ބިލިއަން ދިވެހި ރުފިޔާ މި ރާއްޖޭގެގެ ރައްޔިތުންނަށް ދައްކަން ހުރި" އަނދުން ހުސައިން ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވައި ޖާބިރު ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާލަން ހަދާނެކަމެއް ނެތް ކަމަށާއިދިވެހި ސަރުކާރުން އޮތީ އަބްދުﷲ ޖާބިރު ކިޔާ ކުންފުންޏަކަށް ދަރާފަ ކަމަށާއި އެހެންވީމައި ދިވެހި ދައުލަތައް އަބްދުﷲ ޖާބިރު ކިޔާ މީހަކު ކުންފުންޏަކުން ލަރިދޭން އޮތިއްޔާ ސަރުކާރުން އެ ރިކަވަރީ ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

ދިވެހި ދައުލަތައް ދައްކަން ހުންނަ ކޮންމެ ފައިސާ އަކީ ކޯޓަށް ގޮސްގެން ހޯދާއެއްޗެއް ނޫން ކަމަށާއި އެއީ އެމީހަކު އަމިއްލައަށް ދައްކަން ޖެހޭ އެއްޗެއް ކަމަށާއި އަޅުގަނޑުމެން އިފްލާކުރުމާއި އިފްލާސް ވުމުގެ ގާނޫނުތައް ހަދަން ޖެހޭ ސަބަބަކީ ދިވެހި ރާއްޖޭގެ ރައްޔިތުން ހިމާޔަތް ކުރުމާއި ރައްޔިތުންގެ ހައްގު މިންވަރާއި ގެއްލިފައިވާ ހައްގު އަނބުރާ ހޯދައިދިނުން ކަމުގައި އަނދުން ހުސައިން ވިދާޅުވިއެވެ.

"އަޅުގނަޑުމެން ރައްޔިތުން މަޖިލީހަށް އިންތިހާބުވެގެން އައި އިރު އަޅުގަނޑުމެން ދަންނަވަމުން އައީ އެޖެންޑާ 19 ގައި އަޅުގަނޑުމެން ރައްޔިތުންގެ ގެއްލިފައިވާ ފައިސާއާއި ވަގަށް ނަގާފައިވާ ފައިސާއާއި ހިޔާނާތުގެ ފައިސާއާއި މިހެން ރައްޔިތުންނަށް ދައްކަންޖެހޭ ފައިސާއާއި މިހެން ހުރި ހުރިހާ ފައިސާ އަޅުގަނޑުމެން ހޯދާނެ ކަމަށް." އަނދުން ހުސައިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ