މާލޭގެ 4 ސަރަޙައްދެއް މާދަމާގެ ވަކި ވަގުތުތަކެއްގައި ބަންދުކުރާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިސަރަޙައްދުތައް ބަންދުކުރުމަށް ނިންމާފައި ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ރިޗަރޑް ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ދަތުރުފުުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކަމަށެވެ.
މާދަމާ ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ މަގާއި، ސިނަމާލެ ބްރިޖްއާއި، ގްރީން ޒޯނާއި އަދި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކެވެ.
މި ސަރަޙައްދުތައް ބަންދުކުރާނީ މާދަމާގެ މެންދުރު 12:30އިން ފެށިގެން އެކި ވަގުތުތަކުގައި ކަމަށާއި މިސަރަހައްދުތައް ބަންދުކުރާ ވަގުތުގައި ދުއްވާ އުޅަނދުތަކާއި ހިނގާ މީހުންނަށްވެސް އެ ސަރަޙައްދުތަކަށް ނުވަދެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އިތުރަށް ވިދާޅުވީ، މި މަގުތައް އަލުން އާއްމުކޮށް ހުޅުވާލާނީ ރަސްމިއްޔާތުގެ ކަންކަން ނިމުމުން ކަމަށެވެ.



