ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވެރިރަށް މާލޭގައި މިއަދުވެސް ފެންބޮޑުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން، ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރަމުންދާ ކަމަށެވެ.

"މިއަދު މާލޭސިޓީއަށް ބޯކޮށްވާރޭވެހި، އައިޖީއެމްއެޗް، އެސްޓީއޯ ފުށްގުދަން، މާގިރި ހޮޓެލް އަދި މާފަންނު ސްޓޭޑިއަމް ކައިރީގައި ފެންބޮޑުވުމާއި ގުޅިގެން، އެސަރަހައްދު ތަކުގައި ޕަންޕް ބަހައްޓައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް އިން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން" އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި އެކި މިންވަރަށް ފެންބޮޑުވެފައިވާއިރު، މިގޮތަށް ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު މާލޭގައި ފެންބޮޑުވުމަކީ މިހާރު ޢާއްމު ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ