އިއްޔެ އެކަނިވެސް ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނު!

ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ނުވެ ޕޮޒިޓިވްވާ އަދަދު އިތުރުވާން ފަށައިފިއެވެ.

މިގޮތުން އިއްޔެ އެކަނިވެސް ބައި މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

ކޮވިޑްގެ އެންމެފަހުގެ މައުލޫމާތުތަކަށްބަލާއިރު، އިއްޔެ 504,419 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެ މި ބަލި ޖެހިގެން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ 7,104 މީހުންނެވެ.

މުޅި ދުނިޔެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 44 މިލިއަނަށް އަރާފައިވާއިރު މިހާތަނަށް 44,742,599 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް މުޅި ދުނިޔެއިން 32,719,497 މީހުން މި ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައިވާއިރު 1,178,544 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އެމެރިކާގައި މިހާތަނަށް 9,120,751 މީހުން މި ބައްޔަށް ޕޮޒިޓިވް ވެގެން ވަނީ ރިޕޯޓު ކޮށްފައެވެ. އެގައުމުގައި 5,933,212 މީހުން ބަލިން ރަނގަޅުވެފައި ވާއިރު މަރުވެފައި ވަނީ 233,130 މީހުންނެވެ. އެގައުމުގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ހުރީ 2,954,409 ކޭސް އެވެ. އަދި އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީވެސް އެގައުމުގައެވެ. އެގޮތުން އިއްޔެ އެމެރިކާއިން 81,581 މީހަކު ވަނީ ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓު ކޮށްފައެވެ.

ކޮވިޑްގެ ނުރައްކާ ބޮޑު އެއް ޤައުމުގެ ތެރޭގައި އަވައްޓެރި އިންޑިޔާ ހިމެނެއެވެ. އެގޮތުން އެގައުމުން ޖުމްލަ ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 8,038,765 އަރާފައިވާއިރު އެގައުމުން ރަނގަޅުވެފައި ވަނީ 7,314,951 މީހުންނެވެ. އިއްޔެ އިންޑިއާއިން ވަނީ 49,912 މީހުން ޕޮޒިޓިވް ވެފައެވެ. އަދި މިބަލީގައި އިންޑިޔާއިން މިހާތަނަށް 120,563 މީހަކުވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ